ގދ. ތިނަދޫގައި ކޮވިޑް 19 ގެ ޙާލަތު ގޯސްވަމުންދާތީ، ރަށް މޮނިޓަރިންގް ހާލަތަށް ގެނެވުމުން ފެރީގައި އެރަށަށް ދަތުރު ކުރަމުން އައި ފަރާތްތަކުން އަމަލުކުރަންވީ ގޮތް އެރަށު ކައުންސިލުން އަންގައިފި އެވެ.
އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ތިނަދޫ މޮނިޓަރިންގް އަށް ލެވިފައިވަނީ ކޮވިޑް 19 އާ ގުޅިގެން މިބަލިން ރައްކާތެރިވުމަށްޓަކައި އަޅާ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ބަލަންޖެހޭ ކަންތައްތައް ބެލުމަށެވެ.
މިގޮތުން ފެރީގައި ދަތުރުކުރައްވަން ހަމަޖެހިފައިވާ ރަށް ރަށުގެ ކައުންސިލްގެ އިދާރާއިން އެރަށަށް އެރުމުގެ ހުއްދަ ހޯއްދަވައި، ހުއްދަ ދެއްވިކަން ބަޔާންކޮށް އެރަށެއްގެ ރަށުކައުންސިލްގެ އިދާރާ މެދުވެރިކޮށް ދަތުރުކުރައްވާ ފަރާތްތަކުގެ ނަމާއި އެޑްރެސް އަދި އައިޑީކާޑު ނަންބަރާއެކު ތިނަދޫ އިން ފުރުމުގެ ހުއްދައަށް އެދިވަޑައިގަތުމަށް ތިނަދޫ ކައުންސިލުން ވަނީ އަންގާފައެވެ.






