Close

ތިމަރަފުށީ "ސްޓޭ މިކަޑޯ"ގެ ފުރަތަ ގެސްޓަކީ ރައީސް ޞާލިޙް

ތ. ތިމަރަފުށީގައި ޒަމާނީ ޚިދުމަތްތަކާއެކު ވަރަށް ރަނގަޅު ފެންވަރެއްގައި އަލަށް ތަރައްގީކޮށްފައިވާ ގެސްޓް ހައުސްއެއް ކަމަށްވާ "ސްޓޭ މިކަޑޯ"އިން ފުރަތަމަ ޚިދުމަތް ހޯދި ގެސްޓަކީ ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމުގައި ހިމެނިއްޖެއެވެ.

ރައީސް ޞާލިޙް ވަނީ މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއް ގޮތުގައި ތ. ތިމަރަފުއްޓަށް ވަޑައިގެން ރޭ ތިމަރަފުށީގައި މަޑުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އެކަމަޑޭޝަނެއްގެ ގޮތުގައި ބޭނުންކުރައްވާފައި ވަނީ އަލަށް އޮޕަރޭޝަންފެށި ތިމަރަފުށީ "ސްޓޭ މިކަޑޯ" ގެސްޓް ހައުސްގައެވެ.

"ސްޓޭ މިކަޑޯ" ގެސްޓް ހައުސް ހިންގާ، ސްޓޭ އައިލެންޑް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަމީން ސަނީ "ދެކުނު"އަށް ވިދާޅުވީ، ރައީސް ޞާލިހަކީ އެ ގެސްޓް ހައުސްއިން ފުރަތަ ޚިދުމަތް ދިން ގެސްޓް ކަމަށެވެ.

ރައީސް ޞާލިޙް "ސްޓޭ މިކަޑޯ" ގެސްޓް ހައުސްއަށް ވަޑައިގެންނެވުމުން ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޟްއަދި ގެސްޓް ހައުސްގެ މެނޭޖްމަންޓުން މަރުޙަބާ ދަންނަވަނީ

ތިމަރަފުށީ "ސްޓޭ މިކަޑޯ" ގެސްޓް ހައުސްއަކީ 12 ރޫމްގެ ގެސްޓް ހައުސްއެކެވެ. މި ގެސްޓް ހައުސްއަކީ އެންމެ ފަހުގެ އާލާތްތަކާއެކު އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ގެސްޓް ހައުސްއެކެވެ.

މިގެސްޓް ހައުސްގައި ރަހަމީރު ބާވަތްތަކުގެ ކެއުންތައް ލިބޭނޭ ރެސްޓޯރެންޓެއްވެސް ހުންނައިރު، ކޮފީގެ އެކި ބާވަތްތައް ލިބޭނޭ ކޮފީ ޝޮޕެއްވެސް ހުރެއެވެ. އަދި ތާޒާކަމާއެކު ދުވަސް ފެށުމަށް ކަސްރަތުކޮށްލާނޭ ފިޓްނަސް ސެންޓަރެއް ވެސް ހުރެއެވެ.

މި ގެސްޓް ހައުސްގައި ގެސްޓުންގެ ސޭފްޓީ ކަންކަން ކަށަވަރުކޮށް ދިނުމަށް ޚާއްޞަ އިސްކަމެއް ދީގެން ސެކިއުރިޓީ ކެމެރާއާއި، ފަޔަރ އެލާމް ސިސްޓަމްފަދަ ކަންކަން ވަނީ ގާއިމުކޮށްފައެވެ.

ސްޓޭ އައިލެންޑް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަމީން ވިދާޅުވި ގޮތުގައި އެ ތަނުން، ގެސްޓުންނަށް މިއަހަރުގެ ތެރޭގައި ޑައިވިންގއާއި ވޯޓަރ ސްޕޯޓްސް ޚިދުމަތް ތަޢާރަފް ކުރާނެއެވެ.

ތިމަރަފުށީ "ސްޓޭ މިކަޑޯ" ގެސްޓް ހައުސްއަކީ ތ. އަތޮޅުގެ ހިތްގައިމު ކަމުގެ ތެރެއިން ތިމަރަފުށީގެ ހިތްގައިމު ވެށީގައި ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް ފުރިހަމަ ޗޮއިސްއަކަށް ވެގެން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top