އައްޑޫއަށް ނިސްބަތްވާ ޒުވާން އެތުލީޓް އައިޝަތު ހިމްނާ ހަސަން 400 މީޓަރު ދުވުމުން ހަދާފައިވާ ގައުމީ ރެކޯޑް އަނެއްކާވެސް އާ ކޮށްފި އެވެ.
މިހާރު ކުރިއަށްދާ ދުނިޔޭގެ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގައި ހިމްނާ ރެކޯޑް އާކުރީ 58.90 ސިކުންތުން ދުވުން ނިންމައިގެންނެވެ.
ހިމްނާ ވަނީ މީގެ ކުރިންވެސް 400 މީޓަރު ދުވުމުގެ ރިކޯޑް މުގުރާލާފައެވެ. އެއީ 2019 ވަނަ އަހަރުު އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގައި 59.18 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ހިމްނާ ގެ މި ކާމިޔާބީއަށް ހޫނު މަރުޙަބާއެއް ކިޔަމުން އައްޑޫސިޓީގެ ކައުންސިލުން ވިދާޅުވެފައިވަނީ އައްޑޫގެ ދަރިއަކަށް ވެފައި ރާއްޖެއަށް ހޯދައިދިން ރީތި ނަމަށް ޓަކައި ހިމްނާއާމެދު ވަރަށް ބޮޑަށް ފަޙުރުވެރިވެލައްވާ ކަމަށެވެ.






