Close

އައްޑޫ ސިޓީން އިތުރު 3 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 3 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 3 ކޭސްގެ ތެރެއިން 2ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށްވާއިރު އަނެއް ކޭސް ފެނިފައިވަނީ ފޭދޫން ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ދެ ރެންޑަމް ސާމްޕަލް އާއި ޑައިރެކްޓް ކޮންޓެކްޓެކެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 85 ކޭސް އުޅޭއިރު، ހިތަދޫގައި 11 ކޭސް، ފޭދޫގައި އެކްޓިވް 11 ކޭސް، މަރަދޫފޭދޫގައި 38 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 145 އަށް އަރާފައެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 586 މީހުން ރަނގަޅުވެފައިވާއިރު، ދެ މީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top