ގދ. ގައްދޫ މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމާލައިފި އެވެ..
ގައްދޫ މަގުހެދުމުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނީ އެކުންފުނިން ގެންދަނީ ގައްދޫގެ މަސައްކަތް ހަލުވިކަމާއެކު އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން ކަމަށާއި، އެގޮތުން ސައިޑްވޯކް ކޮނެ، ޝަޓަރިންގެ 93 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ކޮންކްރީޓް ކީވޯލްގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އާރްޑީސީއިން ބުންޏެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ގައްދޫގެ ރިންގްރޯޑް ހިމެނޭގޮތަށް 6 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގދ.ގައްދޫގައި ހެދުމަށް ހަމަޖެހިފައިވަނީ 6 ކިލޯމީޓަރުގެ މަގެވެ.
ގދ.ގައްދޫ މަގު ހެދުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. ބޮޑުބައި ވަނީ ނިމިފަ. ހަލުވިކަމާއެކު އަވަހަށް ނިންމަން ވަނީ އަމާޒު ހިފާފައި. އެގޮތުން ވަތަބަނޑޭރި މަގުގެ ސައިޑްވޯކް ކޮނެ، ޝަޓަރިންގެ %93 ވަނީ ނިމިފައި. ކޮންކްރީޓް ކީވޯލްގެ %35 ވެސް ވަނީ ނިމިފައި.#ޓީމްއާރުޑީސީ pic.twitter.com/uLIv4pAmDi
— Road Development Corporation Ltd (@rdcmaldives) August 21, 2021
ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ގައްދޫ ބޮޑެތި މަގުތައް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިމަޝްރޫޢަކީ138,738,153.42 ރުފިޔާއަށެވެ. އެގޮތުން މިމަޝްރޫޢު 510 ދުވަސްތެރޭގައި އާރްޑީސީއިން ނިންމަން ޖެހެއެވެ.






