Close

ކޮއްކޮގެ ޓެބްލެޓް ވިއްކާލި އަންހެން ދައްތަ 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

އެޑިޔުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ދީފައިވާ ޓެބްލެޓްތަކުން ޓެބެއް ވަގަށް ނަގައިގެން ވިއްކާލި މީހެއްގެ މައްޗައް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ މިހުކުމަކީ ކޮއްކޮއަށް އެޑިޔުކޭޝަން މިނިސްޓްރީން ދޫކޮށްފައިވާ ޓެބްލެޓް 2019 ވަނަ އަހަރު ވަގަށް ނަގައި ވިއްކާލި ދައްތައެއްގެ މައްޗައް ކުރި ހުކުމެކެވެ.

މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފައިވާ މިމައްސަލައިގައި ހުކުމްކޮށްފައިވަނީ ލ. ގަމަށް ނިސްބަތްވާ މީހެއްގެމައްޗަށެވެ. އަދި ކޮއްކޮގެ ޓެބްލެޓް ވަގަށް ނަގާފައިވަނީ މަސްތުގެ ހާލަތުގައި ހުރެގެންކަމަށައި އެޓެބްލެޓް ވިއްކާލާފައިވަނީ 300 ރުފިޔާއަށް ކަމަށްވެސް ތަހުގީގަށްވަނީ އެނގިފައެވެ.

މިމައްސަލައިގައި އެޓެބްލެޓް ގަތް މީހާ ބުނިގޮތުގައި އެމީހާ އޭތި ގަތް އިރު އެއީ މިނިސްޓްރީން ދަރިވަރުންނަށް ދީފައިވާ ޓެބްލެޓްތަކުގެ ތެރެއިން ޓެބެއްކަމެއް ނޭނގެއެވެެ. އަދި އެމީހާ އޭތި ގަނެފައިވީ ނަމަވެސް އޭގެ ބޭނުންވެސް ކޮށްފައެއް ނުވެއެވެ.

ކޮއްކޮގެ ޓެބްލެޓް ވިއްކާލި ކަމުގެ ކުށް ސާބިތުވެ ދައްތަގެ މައްޗައް ދައުލަތުން އުފުލި ދައުވާގެ އަދަބެއްގޮތުގައި ގާނޫނުން 4 މަހާއި 24 ދުވަސް ކަނޑައަޅާފައިވީ ނަމަވެސް ޝަރީއަތުގައި ދައްތަގެ ކުށަށް އިއުތިރާފްވެ ތަހުގީގަށް އެއްބާރުލުން ދީފައިވާތީ އޭނާގެ މައްޗަށް އިއްވާފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top