Close

އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމިއްޖެ

ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް 
ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މަޝްރޫއުގެ މަސައްކަތް ނިންމާލާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
 މަސައްކަތް ނިންމާލުމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ މަސައްކަތުގެ ސައިޓަށް ޒިޔާރަތް
 ކުރައްވައި، އިންސްޕެކްޓު ކުރައްވާފައެވެ.

އާޒިމް އިސްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާ ބައްދަލު ކުރައްވައި، 
އެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ހިއްސާ ކުރެއްވިއެވެ.

މި މަޝްރޫއުގެ ދަށުން 27,129 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި،
 230 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެސަރަޙައްދެއްގައި ބޭރު ތޮށިލުމުގެ 
މަސައްކަތް ވަނީ ކޮށްފައެވެ.

އަދި 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ބަނދަރު ބައްތި ހަރުކުރުމާއި، 1,560
 އަކަމީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުުގެ މަސައްކަތް ނިންމާފައިވެއެވެ. މިއީ 34.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top