ސ.މީދޫ ގަބުރުސްތާނުގެ ވަލުތެރޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާ ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފި އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރ ޭ 19:08 ހާއިރު ކަމަށެވެ. އަދި ސިފައިން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނިއްވާލާފައި ވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވި އެވެ.
މިހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.






