އައްޑޫ ސިޓީން ކޮވިޑް ބަލީގައި މީހަކު ނިޔާވެއްޖެ އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ކޮވިޑަށް ޕޮޒިޓީވްވެ، އެ ސިޓީގައި ކަރަންޓީން ކޮށްފައިވާ އުމުރުން 92 އަަހަރުގެ އަންހެނަކު މިއަދުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
އައްޑޫ ސިޓީގައި މިއަދު ނިޔާވި އަންހެން މީހާއާއެކު، މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް 3 މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ. މިއީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި މި ބަލީގައި ރާއްޖެއިން މަރުވި ދެވަނަ މީހާއެވެ.






