Close

ގައްދޫ އިން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެ، ރަށް މޮނީޓަރިންނަށް

ފޮޓޯ: ނައުޝަމް ވަހީދް

ގދ. ގައްދޫ އިން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނީ މިއަދު އެރަށުން 7 މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މިއަދު އެރަށުން ޕޮޒިޓިވްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެރަށުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 7 ފަރާތެކެވެ.

މިއަދު ޕޮޒިޓިވްވި 7 މީހުންނާއި އެކު ގައްދޫގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 8 އަށް އަރާފައި އެވެ.

ހޮނިހިރު ދުވަހު އެރަށުން ޕޮޒިޓިވްވި ފަރާތަކީ މިމަހުގެ 18 ވަނަ ދުވަހު އެރަށުގެ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި ފަރާތެކެވެ. އަދި އެމީހާއަކީ އޭގެ 2 ދުވަސްކުރިން ފުވައްމުލަކުން އެރަށަށް ދަތުރުކުރި ފަރާތެކެވެ.

މުޖުތަމައުގެ ތެރެއިން ކޮވިޑް ފެނި އެރަށް ގިނަ ދުވަސްތަކެއް ބަންދުގައި އޮތުމަށްފަހު ހުޅުވާލި މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top