Close

އިންތިހާބުގައި މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް ނިންމީ ރަނގަޅަށް: އެމްޑީޕީ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްއަށް ވާދަ ނުކުރެވޭ ގޮތަށް އެޕާޓީން ނިންމީ ރަނގަޅަށް ކަމަށް ޕާޓީން ނިންމައިފިއެވެ.

އެ ޕާޓީން މިގޮތަށް ނިންމާ އަންގާފައި މިވަނީ މަހުލޫފް އަށް ވާދަނުކުރޭ މައްސަލަ އޭނާ އިސްތިއުނާފްކުރުމުންނެވެ. އިސްތިއުނާފް އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ޕާޓީން ވަނީ އެ ނިންމުން ރަނގަޅުކަމަށް ނިންމާ ސިޓީ އަކުން މަހުލޫފް އަށް އަންގާފައެވެ.

މަހުލޫފް އަށް ވާދަނުކުރެވޭނެ ކަމަށް އެޕާޓީން ނިންމާފައިވަނީ ރައީސް ޔާމީންގެ ދައުރުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ މައްސަލަ ބެލުމަށް ފަހު އޭސީސީން އާންމުކުރި ލިސްޓުގައި އޭނާގެ ނަން ހިމެނި އެ މައްސަލާގައި ދައުވާ އުފުލަން ފޮނުވާފައިވާތީއެވެ.

އެކަމަކު އޭނާ ވަނީ އެކަމަށް އިންކާރުކޮށް، އެއީ ޕާޓީގެ ގަވާއިދުގައި އޮންނަ ގޮތެއް ނޫން ކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top