މީޑިއާ ކައުންސިލް އަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
ރަޖިސްޓްރީވުމަށް އެދޭ ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 މެންދުރުފަހު 13:00ށް ކަމަށް ހޯމް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައިވެއެވެ. ފޯމު ބަލައިގަންނަން ހަމަހިފައިވަނީ ހޯމް މިނިސްޓްރީންނެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނީ ރަޖިސްޓްރީވުމަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭން ހުންނާނެ ކަމަށެވެ.






