Close

މުންޑޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ލ. މުންޑޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މުންޑޫ ކައުންސިލުން މިއަދު ބުނީ މި މަހުގެ ވަނަ ދުވަހު އެ ރަށުގެ ބައެއް މީހުންގެ ކިބައިން ކޮވިޑުގެ އަލާމާތްތައް ފެނި، ނަގާފައިވާ ބައެއް ސާމްޕަލްތައް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެހެންކަމުން ހުރިހާ ރައްޔިތުން ކެތްތެރިކަމާއެކު ކަމާބެހޭ އިދާރާތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުުރުމަށާއި، ކޮވިޑުގެ އެއްވެސް އަލާމާތެއް ފެންނަކަމަށްވާނަމަ، ލަސްނުކޮށް އެ ރަށު ހެލްތު ސެންޓަރަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ވެސް މުންޑޫ ކައުންސިލުން ވަނީ އެދިފައެވެ.

މުންޑޫން ނެގި ބައެއް ސާމްޕަލްތައް ކޮވިޑަށް ޕޮޒިޓިވްވުމުން ދެ ގެއެއް ކަރަންޓީނުކޮށްފައިވާއިރު، އެޗްޕީއޭއިން މިހާރު ވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top