އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިމާރާތުގައި ކުލަލާން ހުރި މީހަކަށެވެ. އޭނާ އަށް ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެން ހުރި މީހެއް ކަމަށްވެސް މައުލޫމާތު ލިބެފައިވެ އެވެ.
ހަމަލާގައި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެ ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.






