ގދ.މަޑަވެއްޔާއި ހޯޑެއްދޫ އާ ދެމެދު ހަދާފައިވާ ކޯޒްވޭ ބޭނުން ނުކުރެވޭ ވަރަށް ކަނޑާލައިފިއެވެ.
ކޯޒްވޭއާމެދު 2 ރަށުގެ ކައުންސިލާއި ދެމެދުގައި މިހާރުވެސް ހިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު މީގެ 2 އަހަރު ކުރިން ހޯޑެއްދޫ ރައްޔިތުންވެސް ވަނީ ކޯޒްވޭ ވަރަށް ބޮޑަށް ކަނޑާލާފައެވެ. އެއްފަޅެއްގައި އޮންނަ މި ދެރަށް ގުޅާލުމަށް ހަދާފައިވާ މި ކޯޒްވޭ މިފަހަރު ކަނޑާލީ ކޮންބައެއްކަން އަދި އެނގިފައެއް ނުވެއެވެ.
ހޯޑެއްދޫއާއި ހާދޫއާއި ދެމެދުގައި އޮންނަ ކޯޒްވޭގެ ބައިން ބޮޑުބައެއް ކަނޑާލާފަވާކަން އެނގުނީ މިއަދު ހެނދުނު ކަމަށް މަަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވެފައިވެއެވެ. އަދި އެކަން ކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ލަފާކުރެވޭ ކަމަށްވެސް ފިޔާޒު ވިދާޅުވިއެވެ.
އެގޮތުން ފިޔާޒު އިތުރަށް ވިދާޅުވީ ކޯޒްވޭ ކަނޑާފައިވަނީ އުދަލި ފަދަ ތަކެތި ބޭނުންކޮށްގެން ކަމަށް ބެލެވޭކަމަށާއި އެހާލަތުގައި އެތަން އޮއްވާ އެއްވެސް ވަރަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.






