Close

ތިނަދޫ ކައުންސިލްގެ މައްސަލައެއް އެލްޖީއޭ އިން ބަލަން ފަށައިފި

ގދ. ތިނަދޫ ކައުންސިލްގެ މައްސަލައެއް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށައިފި އެވެ.

އެލްޖީއޭގެ ވަކީލް, އަބްދުލް މޫމިން ވިދާޅުވީ ތިނަދޫ ކައުންސިލްގެ މެމްބަރު މުޙައްމަދު ޒަލީފް އަބްދުالله ހުށަހެޅުއްވި މައްސަލައެއް އެ އޮތޯރިޓީން ބައްލަވަމުން ގެންދަވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ނަގަން ޖެހޭ ބަޔާންތައް ގދ. އަތޮޅު ކައުންސިލް މެދުވެރިކޮށް ނެގުމުގެ ކަންކަން ކުރިއަށް ދާ ކަމަށެވެ.

ރަށު ކައުންސިލުންގެ މައްސަލަތައް ކުރިއަށް ގެންދަނީ އަތޮޅު ކައުންސިލުން މެދުވެރިވެގެން ކަމަށް ބުނަމުން މޫމިން އިތުރަށް ވިދާޅުވީ ޒަލީފް ހުށަހަޅުއްވާފަ ހުރި ބައެއް ޝަކުވާތައް އެއީ ހަގީގަތެއްތޯ ބެލުމަށް އަތޮޅު ކައުންސިލްއާ މިހާރު ހަވާލު ކުރެވިފައިވާ ކަމަށެވެ. 

މިގޮތުން ޒަލީފް ހުށައަޅަފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އިދާރީ ހިންގުމުގެ ކަންތައް ތަކުގެ އިތުރުން ކައުންސިލްގެ ރައީސްއާ އެބޭފުޅާއާ ދޭތެރޭ ޖެހިފައި ހުރި ބައެއް މައްސަލަތައް ކަމަށް މޫމިން ވިދާޅުވެފައިވެއެވެ. އަދި އެއްވެސް ފަރާތަކުން ކައުންސިލެއްގެ ޝަކުވާ ހުށައަޅައިފިނަމަ އެޝަކުވާއެއް އެލްޖީއޭއިން ބަލާނެ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top