Close

ހޯނޑެއްދޫ ކައުންސިލް ބަދުނާމުވާގޮތަށް ދެކެވޭ ވާހަކަތައް އެކައުންސިލުން ކުށްވެރިކޮށްފި

ގދ. މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ އާއި ގުޅޭގޮތުން މަޑަވެލި ކައުންސިލްގެ ރައީސް، ހޯނޑެއްދޫ ކައުންސިލް ބަދުނާމުވާ ގޮތަށް ދައްކަމުންދާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ އެ ކައުންސިލުން އެކަން ކުށްވެރިކޮށްފި އެވެ.

ހޯނޑެއްދޫ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ކޯޒްވޭގެ ސަބަބުން ހޯނޑެއްދޫއަށް ލިބެމުންދާ ގެއްލުންތައް ހައްލުކުރުމަށް ކަމާބެހޭ ވުޒާރާތަކުގެ ލަފައަށް އެދިފާވާނެކަމަށެވެ. އެހެންކަމުން ރޭގެ ދަންވަރު ވަގުތެއްގައި މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އަށް ގެއްލުންދީފާ ވުމުގެ އަސްލަކީ ހޯނޑެއްދޫ ކައުންސިލް ކަމަށް ބުނެ މަޑަވެލި ކައުންސިލުގެ ރައީސް ދައްކަވަަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭގޮތަށް އެބޭފުޅާ ދައްކާފައިވާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން ހޯނޑެއްދޫ ކައުންސިލުން އެބަޔާނުގައި ވިދާޅުވެފައިވަނީ ކޯޒްވޭ ކަނޑާލުމަށް ރޭގަ ހިންގި އަމަލަކީ އެކައުންސިލުން ބަދުނާމު ކުރުމަށް ބަޔަކު ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މި ނޫސް ބަޔާން ނިންމާލަމުން ހޯނޑެއްދޫ ކައުންސިލުން ވިދާޅުވެފައިވަނީ ކޯޒްވޭ ކަނޑާލާނީ ދަޢުލަތުގެ ވުޒާރާތަކުގެ ހުއްދައާއި އެކުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top