Close

ތިނަދޫގެ މަގު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު އަސްލަމާއި ބައްދަލު ކުރައްވައިފި

ގދ. ތިނަދޫގެ މަގު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި، ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ބައްދަލު ކުރައްވައިފިއެވެ.

އާރްޑީސީން ބުނީ މިއަދުގެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވުނީ މަގު ހެދުމުގެ މަޝްރޫތައް ކޮވިޑް-19އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފެށި އިރު ދިމާވާ ދަތިތަކާއި، ލަސްވާ ސަބަބުތަކާ ގުޅޭގޮތުން ކަމަށާއި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމަށް މިނިސްޓަރުގެ ފަރާތުން ވަރަށް އެދެވޭ ޖަވާބެއް ލިބިފައިވާ ކަމަށެވެ.

ތިނަދޫގެ މަގުހެދުމުގެ މަޝްރޫޢުގައި މި ސަރުކާރުން ސޮއެކުރީ މި އަހަރުގެ އޭޕްރިލް މަހުގައެވެ. އެގޮތުން މި މަޝްރޫގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކީ ތާރު އެޅުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް ކަމަށް ވެސް އާރްޑީސީން މައުލޫމާތު ދެއެވެ.

ތިނަދޫ މަގުތަކުގައި ތާރުއަޅަން ހަވާލުކުރީ 78.80 މިލިއަން ރުފިޔާ އަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެ މަޝްރޫއުގެ ދަށުން 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާ މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top