އަބޫދާބީގެ ގްރީން ލިސްޓަށް އަނެއްކާވެސް ރާައްޖެ ލައިފިއެވެ.
މި ލިސްޓަށް ރާއްޖެ އިތުރު ކޮށްފައި މިވަނީ އެ ލިސްޓުން ރާއްޖެ ނެގިތާ 2 ހަފުތާ ފަހުންނެވެ. އެ ގައުމުގެ ގްރީން ލިސްޓު ގައުމުތައް ކޮންމެ 2 ހަފުތާއަކުން ރިވިއުކުރާނެ އެވެ.
އެ ގައުމުން ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން ރާއްޖެއިން އަބޫދާބީއަށް ދާ އެއްވެސް މީހަކު ކަރަންޓީން ވާން ނުޖެހޭނެ އެވެ.
އެ ގައުމުން ގްރީން ލިސްޓުގައި ގައުމުތައް ހިމަނަނީ ގައުމުތަކުގައި ކޯވިޑް-19 ފެތުރެމުން އަންނަ ވަރަށް ބަލައެވެ. މި ލިސްޓުގައި ރާއްޖޭގެ އިތުރުން 58 ގައުމެއް ވަނީހިމަނައިފަ އެވެ.
އަބޫދާބީގެ ގްރީން ލިސްޓުގައި ދެކުނު އޭޝިއަާގެ ގައުމުތަކުގެ ތެރެއިން ހިމެނެނީ ހަމައެކަނި ރާއްޖެއެވެ. އެހެންކަމުން އަބޫދާބީއަށް ދާން ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ.






