Close

ވެކްސިން ނުޖަހާނަމަ ބައެއް ހިދުމަތްތައް ނުދޭން އަންގައިފި

ކޯވިޑް-19 ވެކްސިން ނުޖަހައި ތިބި މީހުންނަށް ވިޔަފާރިތަކުން ބައެއް ހިދުމަތްތައް ނުދޭން އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަަށް ޖިމާއި ސެލޫންތަކުން ހިދުމަތް ދިނުން މަނާ ވާނެ ކަމަށެވެ. އަދި ބުނެފައިވާ ގޮތުގައި އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތި ވިއްކާ ތަންތަނުން ވެކްސިން ފުރިހަމަ ކޮށްފައި ތިބި މީހުންނަށް އިސްކަން ދޭން ވެސް ވަނީއަންގާފައެވެ.

މީގެ އިތުރުން ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ކުންފުންޏެއްގެ މުވައްޒަފުން ވެކްސިން ނުޖަހާ ނަމަ މަސައްކަތަށް ނުކުމެވޭނީ ޕީސީއާރު ޓެސްޓު ހަދައިގެން ކަމަށްއިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން، މި ފިޔަވަޅުތަކަށް ކުންފުނިތަކުން އަމަލު ކުރުން މުހިންމު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top