ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިިފި އެވެ.
އެ އެއާލައިނުން ބުނީ މި މަހުގެ ފަހުކޮޅު ކޮންމެ ބުދަ ދުވަހެއްގައި އެ ގައުމަށް ދަތުރު ކުރާނެ ކަމަށެވެ. އެއީ 15، 22 އަދި 29ވަނަ ދުވަހު އެވެ.
މިހާރު ވެސް މޯލްޑިވިއަން އިން މާލެ އާއި ޑާކާއާ ދެމެދު ދަތުރު ކުރެއެވެ. އެއީ އަންގާރަ އަދި ހުކުރު ދުވަހުއެވެ.
މި ދުވަސްވަރު ބަންގްލަދޭޝުން ރާއްޖެއަށް އޮންނަ ޑިމާންޑު ވަނީ ބޮޑުވެފައެވެ.






