Close

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިނުމާ ގުޅިގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ފުވައްމުލަކުން ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށް ބުނެ އިންޒާރުދިނުމާ ގުޅިގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

އެ މީހާ ހައްޔަރުކުރީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހުއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ޝަރުތުތަކަކާއި އެކު އޭނާ ވަނީ ދޫކޮށްލާފައެވެ.

ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ވަރަށް ސީރިއަށް މައްސަލަތަކެއްގެ ގޮތުގައި ހުރިހާ ގައުމަކުންވެސް ބަލާ މައްސަލަތަކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top