Close

މާލޭގައި ހުންނަ އެމްޑީޕީ އޮފީހުގައި މާރާމާރީ އެއް

މާލޭގައި ހުންނަ އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ އެއް ހިންގައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ އެއް ހިނގިކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ މިއަދު 12:30 އެހާކަން ހާއިރު އެވެ.

އަދި މި މާރާމާރީ ގައި ދިވެހި އަންހެނަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން ވަކި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން އަދި ހާމައެއް ނުކުރައްވައެވެ.

މިއަދު ހިނގި މި މާރާމާރީގެ މައްސަަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިމާރާމާރީގައި އަނިޔާވެފައިވަނީ އެމްޑީޕީ އޮފީހުގައި އިދާރީ މުވައްޒަފެެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ މެންބަރު މީކާއިލް ނަސީމްގެ މަންމަ، މަންދީ ޒުބައިރަށެވެ. 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

2 ކޮމެންޓް

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top