މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ފަރާތުން ލ.އަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އަމާޒު ކޮށްގެން އޮންލައިން ސެޝަންއެއް ކުރިއަށް ގެންގޮސްފި އެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ސެޝަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތަކާއި އެފަރާތްތަކަށް އެހީވެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ މިނިސްޓްރީގެ ފަރާތުން މާލީ ގޮތުން ވެވޭ އެހީތަކާއި ދެވޭ ޚިދުމަތްތަކާ ބެހޭގޮތުން އާއްމުން ހޭލުންތެރި ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމާ ގުޅޭގޮތުންވެސް މިސެޝަނުގައި ވަނީ ހިއްސާކޮށްފަ އެވެ.






