Close

ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ފޭސް 2 ގެ މަސައްކަތަށް އާރުޑީސީން ތައްޔާރުވާން ފަށައިފި

ގދ ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ފޭސް 2 ގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ތައްޔާރުވާން ފަށައިފި އެވެ.

ތިނަދު ކައުންސިލުން މިއަދު ވަނީ އެރަށު މަގު ހެދުމުގެ މަޝްރޫއުގެ ފޭސް 2 ގެ މަސައްކަތަށް ބޭނުންވާ ސައިޓު މި މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައި އެވެ. މި މަސައްކަތް ކުރުމަށްޓަކައި ސައިޓް ތައްޔާރުކުރުމަށް އާރްޑީސީއަށް ދީފައިވަނީ ތިނަދޫ ހިއްކިބިން ސަރަހައްދުން ބިމެކެވެ.

މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ތިނަދޫގައި ބޮޑު 14 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން މި މަގުތަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފެން ބޮޑުވާ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ލިބޭނެ ގޮތަކަށެވެ.

އާރްޑީސީއިން މިހާރު ކުރިޔަށްދަނީ ތިނަދޫ މަގުހެދުމުގެ މަޝްރޫއުގެ ސަރވޭ މަސައްކަތްތަކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top