އައްޑޫ ސިޓީ ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހުޅުދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ރަށުގައި ކޮވިޑް ފެތުރެމުން އަންނަ މިންވަރު އިތުރުވަމުން އައުމާއި ގުޅިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން ހުޅުމީދޫން 25 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.






