Close

ފަރެސްމާތޮޑާއިން ނެގި ރޭންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ގދ. ފަރެސްމާތޮޑާއިން ނެގި ރޭންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނެފައިވަނީ އެރަށުން ޕޮޒިޓިވްވެފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ނެގި ރޭންޑަމް ސާމްޕަލެއް ކަމަށެވެ. އަދި މި ފޮޒިޓިވްވި މީހާ އާއި ބައްދަލުވެފައިވާ ފަރާތްތަށް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ މަރުކަޒުން ބުނެފައިވެ އެވެ.

“ވީމާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް، ކޮންޓެކްޓް ޓްރޭސިންގ މަސައްކަތަށް ތެދުމަޢުލޫމާތު ހިއްސާކޮށްދެއްވާ!
މި ހައްސާސް ދަނޑިވަޅުގައި އެންމެން ގުޅިގެން މަސައްކަތް ކޮށްދެއްވާ! ކަމާއިބެހޭ އިދާރާތަކުން ދެއްވާ އިރުޝާދު ތަކަށް ފުރިހަމައަށް ބޯލަބައި، މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ފަރުދީ ޒިންމާ އަދާ ކުރަމާ!” އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

މިއަދު ފަރެސްމާތޮޑާއިން ކޮވިޑް-19ގެ ކޭސްއެއް ފެނުނު އިރު، ނަތީޖާއާއެކު އެރަށަށް ދިޔަ 4 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top