Close

އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރައެއްގައި މަހާ ޖައްރާފަށް ކެޕްޓަނެެއް ހޯދަނީ

އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާޖައްރާފަށް ކެޕްޓަނަކު ހޯދަން އިއުލާން ކޮށްފި އެވެ.

އެމްޓީސީސީގެ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި މަގާމަށް ހޮވޭ މީހެއްގެ މުސާރައަކީ 109،000 ރުފިޔާއެވެ. އަދި މުސާރައިގެ އިތުރުން އެކުންފުނީގެ ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ސްކީމުގައި ބައިވެރިވެވޭނެއެވެ.

މަގާމަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުތުތައް:

* ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ: މާސްޓާ އަންލިމިޓެޑް (500 GT ގެ އުޅަނދެއްގެ މާސްޓަރުކަން (STCW II/2))

* ޖީއެމްޑީއެސްއެސް ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން

* މަދުވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ބާތިލުނުވާނެ ސައްހަ މެޑިކަލް ފިޓްނަސް ލިބިފައިވުމާއެކު ރަނގަޅު ފެނުމާއި އަޑުއިވުން ލިބިފައިވުން

* އިނގިރޭސި ބަހުން މުއާމަލާތްކުރުމާއި ލިޔެކިޔުމުގެ ގާބިލުކަން ލިބިފައިވުން

* އެންސިލަރީ ޕްރޮފިޝަންސީ ޓްރެއިނިން ކޯސް ފުރިހަމަކޮށްފައިވުން
* ޕީއެމްއެސް ސިސްޓަމަށާއި ކޮމްޕިއުޓަރަށް ފަރިތަވުން

* ނިޔަމިކަމުގެ ރައްކާތެރިކަމަށްޓަކައި، ECDIS އަށް ފަރިތަވުން

* ބްރިޖު ރިސޯސް މެނޭޖްމަންޓާއި، ލީޑާޝީޕް އަދި މެނެޖީރިއަލް ހުނަރުތަކުގެ އިލްމު ލިބިފައިވުން

* މަދުވެގެން ދެ އަހަރު ދުވަހު މާސްޓާ (އެފްޖީ ޓްރޭޑް) މަގާމު އަދާކޮށްފައިވުން

* މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޗީފް އޮފިސަރު މަގާމު އަދާކޮށްފައިވުން

* ޑްރެޖާ އެއްގައި މަސައްކަތް ކޮށްފައިވުން

މި މަގާމަށް ކުރިމަތިލާ މީހުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ ނުވަވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

އެމްޓީސީސީން މީގެ ކުރިން ބުނީ މަހާޖައްރާފުގައި ކުރިން މަސައްކަތް ކުރަމުން ދިޔައީ ބިދޭސީންނެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ބޯޓުގެ ހުރިހާ ކްރޫއިން ދިވެހިންނަށް ވަނީ ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top