Close

"އަސްލު އޯޑިއޯއެއް ނުހުންނާނެ، ލީކެއް ނުވާނެ، ނެތް އެއްޗެއް ލީކެއް ނުވާނެތާ": އަލީ ޒާހިރު

އަސްލު އޯޑިއޯއެއް ނުހުންނާނެ ކަމަށާއި ލީކެއްވެސް ނުވާނެ ކަމަށާއި ނެތް އެއްޗެއް ލީކެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވިދާޅުވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމުގެ އަސްލު އޯޑިއޯ އެއް ލީކުވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އަރުވާ ކަމަށެވެ.

"އަސްލު އޯޑިއޯއެއް ނުހުންނާނެ، ލީކެއް ނުވާނެ. ނެތް އެއްޗެއް ލީކެއް ނުވާނެތާ" އަލީ ޒާހިރު

އަދި މިހާރު ކުރަމުންދާ ތުހުމަތުތައް ދޮގުކޮށް މާތްﷲ ގަންދީ 7 ފަހަރު ހުވާ ކުރައްވަން ވެސް ތައްޔާރަށް ހުންނެވި ކަމަށާއި ނަމަވެސް އެހާ ހިސާބަށް ދިޔުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އެގޮތުން ހެކި ދައްކައި އެ ވާހަކަތައް ސާބިތުކުރުމަކީ ތުހުމަތު ކުރާ ފަރާތުގެ ކަމެއް ކަމަށާއި ނަމަވެސް އެފަދަ ހެތްކެއް އަދި ނުދައްކާ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީނަށް ހުކުމް އިއްވެވި ފަނޑިޔާރުންނަށް އެބޭފުޅާ ނުފޫޒް ފޯރުވިކަމުގެ ތުހުމަތު އިދިކޮޅު ބައެއް ފަރާތްތަކުން ކުރަމުންދާާ ދަނޑިވަޅެއްގައި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

2 ކޮމެންޓް

  1. މީހެއްގެ ޅަދަރިޔަކާއި ވަގަށް އިދެގެންހުރެ ދޮށީއަންބަށް އޮޅުވާލަން އެ ކުޑަމަންޖެ ލައްވާ ދޮގުހެއްދުވި މީހަކު ހަދާފަ ނަހަދާނީ ކޮންދޮގެއް؟؟

  2. އަލިކަލޯ އެހެންތަ ހަމަ ނުހުންނާނެތޯ ރަނގަޅު ވަގުތަކަށް އިންތިޒާރު ކޮށްލައްވާ އޯޑިއޯ އާ ވީޑިއޯ އެއްކޮށް ފެނުނީމާ ދިފާއީ އައްޑަނަ ޒައިދުމެން ކިޔާނީ ކީކޭބާ (ރައްޔިތުންނައް ފާޅުވެ އެންގެނީ މާކަ ލަހެއް ނުވާނެ)

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top