Close

ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ ސްލޫކީ މައްސަލައެއް ފެންމަތިވެއްޖެ

ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މުޙައްމަދު ހާޝިމްގެ ސުލޫކީ މައްސަލައެއް ފެންމަތިވެ އެމައްސަލަ ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މި މަހުގެ 1 ވަަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 66 ވަނަ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ހާޝިމްގެ ސްލޫކީ މައްސަލައެއް ގޮތުގައި ބަލަން ހަމަޖެހިފައިވަނީ، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅި މައްސަލައެއްގެ ދައުވާ ލިބޭ ފަރާތާއި ހާޝިމް ބައްދަލުކުރައްވާފައިވާތީ އެވެ. އެގޮތުން ޖޭއެސްސީން އެ ދުވަހު ބޭއްވި ބައްދަލުވުމުގައިވަނީ މިމައްސަލަ ބެލުމަށް ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލައިފަ އެވެ.

މީގެއިތުރުންވެސް ފަނޑިޔާރުންގެ ފަރާތުން އައިސްފައިވާ ގިނަ ސްލޫކީ މައްސަލަތަކެއް ޖޭޢެސްސީއިން ވަނީ ބަލައި ފިޔަވަޅުއަޅާފައެވެ. އޭގެތެރޭއިން ފާހަގަ ކޮށްލެވޭ އެއް މައްސަލައަކީ މިއަހަރުގެ ޖޫން މަހު، ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސައިންގެ ސްލޫކީ މައްސަލަ އެވެ. އަދި މި ސަރުކާރުގައިވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު ޖޭއެސްސީއިން ވަނީ ބައެއް ފަނޑިޔާރުން ސަސްޕެންޑް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top