Close

މާމެންދޫ ގޭބިސީތަކުގައި މަދިރި އުފެދި އާލާވާގޮތަށް ތަންތަން ހުރިތޯ ބެލުމަށް ހަރަކާތެއް ކުރިއަށް ގެންގޮސްފި

ލ.މާމެންދޫ ގޭބިސީތަކުގައި މަދިރި އުފެދި އާލާވާގޮތަށް ތަންތަނާއި ތަކެތި ހުރިތޯ ބަލައި ޗެކް ކުރުމަށް އެރަށު ކައުންސިލާއި ސިއްޚީ މަރުކަޒާ ގުޅިގެން ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

މާމެންދޫ ކައުންސިލުން ބުނެފައިވަނީ "މަ ދިރި އުޅޭނީ މަދިރިއާ ނުލާ" މި ޝިޢާރުގެ ދަށުން ކޮންމެ އަހަރަކު 2 ފަހަރު މި ހަރަކާތްތައް ހިންގުމަށް ކައުންސިލްގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައިވާ ކަމަށެވެ.

އެގޮތުން މިޙަރަކާތުަގައި ލ.މާމެންދޫ ސްކޫލް، ފެނަކަ ލ.މާމެންދޫ ބްރާންޗް އަދި ލ.މާމެންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް މާމެންދޫގެ ކައުންސިލްގެ ފަރާތުންވަނީ ޝުކުރު ދަންނަވާފައެވެ.

އަދި އެ ހަރަކާތް އެންމެ ފުރިހަމަ ގޮތުގައި ނިންމާލެވުނީ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލެއްވުމާއި އެކުގައި ކަމަށް ފާހަގަ ކުރައްވަމުން ކައުންސިލުން ވަނީ ހުރިހާ މުއައްސަސާތަކެއްގެ ނަމުގައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top