Close

ތިނަދޫ މަގުހެދުމުގެ މަޝްރޫއުގެ ސާރވޭ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ގދ ތިނަދޫގައި މަގުހެދުމުގެ މަޝްރޫއުގެ ފޭސް 2ގެ ސާރވޭ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އާރުޑީސީ) އިން ފަށައިފި އެވެ.

މި މަޝްރޫއުއަށް ސާރވޭ ހެދުމަށް އާރުޑީސީގެ ސާރވޭ ޓީމް ތިނަދޫއަށް ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އާރްޑީސީއިން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއުގެ ސާރވޭގެ ބޮޑުބައެއް މިހާރު ވަނި ނިމިފައި އެވެ.

މި ސާރވޭގައި އެރަށުގެ ހުރިހާ މަގެއްގެ ސާރވޭ ކުރުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން ތިނަދޫގެ ހިއްކި ސަރަހައްދުގެ މަގުތަށް ސާވޭ ކުރުމަށް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނިފައިވެއެވެ.

ތިނަދޫ މަގުހެދުމުގެ މަޝްރޫއު ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އެވެ. މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 78 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގައި ތިނަދޫގެ 14 މަގެއް ޒަމާނާއި އެއްގޮތަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top