Close

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެެއާޕޯޓުގެ ޓާމިނަލް ބިލްޑިންގްގެ ކޮލަމް މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓް ރަންވޭއާއި ޓެކްސީވޭ، އޭޕްރަން އަދި ފަޔާ ޕެޑް އާއި ފަޔާ ރޯޑްގެ ސަބްބޭސް އަދި ސަބްގްރޭޑް މަސައްކަތްތައް މިހާރު ވަނީ ނިންމާލައިފައެވެ. އަދި އެއާޕޯޓް ފަޔާ ބިލްޑިންގްގެ ކޮންކްރީޓް މަސައްކަތުގެ 58 އިންސައްތަ ވަނީ ނިމިފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓު މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރާނެއެވެ.

މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top