ގއ. ކޫއްޑޫ އެއާޕޯޓްގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ގއ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު މައުލޫމާތު ދެއްވަމުން ބުނެފައިވަނީ ފާއިތުވި 2 ދުވަހު ތެރޭގައި އެރަށުގެ އެއާޕޯޓުން 4 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. މީގެއިތުރުން އެފަރާތްތަކަކީ އެރަށުގެ މުޖުތަމަޢު ތެރެއިން ފެނުނު ރެންޑަމް ކޭސްތަކެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮސިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އެއާޕޯޓް ޓާމިނަލްގައި ލަގެޖް ހޭންޑަލިންގް ގައި މަސައްކަތްކުރާ 3 މުވައްޒަފެއްގެ އިތުރުން ކޫއްޑޫ އެެއާޕޯޓްގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
މި ކޭސްއާއި ގުޅިގެން، އެއާޕޯޓްގެ ހުރިހާ މުވައްޒަފުންގެ ސާމްޕަލް ނެގުމަށް، ގއ އަތޮޅު ހޮސްޕިޓަލްގެ ޓީމެއް މިއަދު ވަނީ ކޫއްޑޫ އެއާޕޯޓަށް ގޮސްފައެވެ.






