އައްޑޫ ސިޓީން އިތުރު 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 19 ކޭސްގެ ތެރެއިން 10 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އަދި މަރަދޫ އިން ހަތް ކޭސް ފެނިފައިވާއިރު ފޭދޫން ދެ ކޭސް ފެނިފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
މީގެތެރޭގައި ހިމެނެނީ 11 ޑައިރެކްޓް ކޮންޓެކްޓުންނާއި، ދެ ފްލޫ ސާމްޕަލްގެ އިތުރުން ހަތަރު ރެންޑަމް ސާމްޕަލްގެ އިތުރުން ޓްރެވެލް ސާމްޕަލް އެކެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 135 ކޭސް އުޅޭއިރު، ހިތަދޫގައި 99 ކޭސް، ފޭދޫގައި އެކްޓިވް 28 ކޭސް، މަރަދޫފޭދޫގައި 10 ކޭސް އަދި ހުޅުދޫގައި 10 ކޭސް ގަމުގައި އެއް ކޭސް އަދި މީދޫގައި 32 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 315 އަށް އަރާފައެވެ.
އައްޑޫ ކޮވިޑް ފެސިލިޓީގައި 5 މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ 3 މީހަކު ނިޔާވެފައެވެ.






