Close

ޓޭޑް ޖަމިއްޔާގެ އޮފީހެއް ތިނަދޫގައި ހުޅުވައިފި

ފޮޓޯ: ގާފު މީޑިއާ

ތިނަދޫ އެސޯސިއޭޝަން ފޮ ޔޫތު ޑިވެލޮޕްމަންޓް (ޓޭޑް) ޖަމިއްޔާގެ އޮފީހެއް ގދ. ތިނަދޫގައި ހުޅުވައިފި އެވެ.

ތިނަދޫ ކާނޭޝަން ވިލާގައި ހުޅުވުނު މި އޮފީސް ހުޅުއްވައި ދެއްވީ، ކުޅުދުއްފުށި ސިޓީ މޭޔަރ މުހައްމަދު އާތިފް އެވެ.

މޭޔަރ އާތިފް ތިނަދޫ އަށް ވަޑައިގެންނެވީ ތިނަދޫ އަލުން އާބާދުވިތާ 55 އަހަރު ފާހަގަ ކުރުމަށް ތިނަދޫގައި ބޭއްވުނު ހަރަކާތްތަކުގައި ބެއިވެރިވެވަޑައިގެންނެވުމަށެވެ.

ޓޭޑު ޖަމިއްޔާއިން ތިނަދޫގައި އޮފީހެއް ހުޅުވާފައިވަނީ އެ ޖަމިއްޔާގެ 2 ވަނަ އަހަރީ ދުވަހާ ދިމާކޮށްފައެވެ. އެ ޖަމިއްޔާއަށް 2 އަހަރު ފުރުނީ ސެޕްޓެމްބަރ 9, 2021 ގައެވެ.

ޓޭޑް ޖަމިއްޔާ އަކީ އެކި ކަންކަމުގައި ވަރަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިޖްތިމާއީ ޙަރަކާތްތަކާއި ޒުވާނުންނާ ގުޅޭ އެކި ހަރަކާތްތަކުގެ އިތުރުން، ބައެއް ކުޅިވަރު މުބާރާތްތައްވެސް ބާއްވާ ޖަމިއްުޔާއެއްގެ ގޮތުގައި ޓޭޑް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top