Close

އިލްހާމްގެ ތުހުމަތު: ނާޒިމް އުޅުނީ ޖޭޕީ ތެރޭގައި ސިއްރު އެޖެންޑާއެއްގައި

އައު ސިޔާސީ ޕާޓީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނާ ޖޭޕީގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ މުހައްމަދު ނާޒިމް އާއި، އަބްދުﷲ ރިޔާޒް އުޅުއްވީ ޖުމްހޫރީ ޕާޓޫގެ ތެރޭގައި ސިއްރު ކަންތައްތަކެއް ކުރައްވަން ކަމަށް ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު ތުހުމަތުކުރައްވައިފިއެވެ.

ކާނަލް ނާޒިމް އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ފާއިތުވި ދެ އަހަރު ތެރޭގައި ޖުމްހޫރީ ޕާޓީ އޮތީ ނިދާފައި ކަމަށެވެ. އަދި ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް އެ ޕާޓީގައި ފުރުސަތު ނެތް ކަމަށް ވިދާޅުވެފައިވެއެވެ.

މިކަންކަމަށް ރައްދު ދެއްވާ އިލްހާމް ކުރެއްވި ޓުވީޓުގައި ވަނީ ކުރައްވަން އުޅުނު ސިއްރު ކަންކަން ނުވީ ނޫންތޯ އަދި ފަޅާ އެރީ ނޫންތޯ ސުވާލު އުފައްދަވާފައެވެ. އިލްހާމް ވިދާޅުވިގިތުގައި އެ ދެ ބޭފުޅުން ވެސް ޕާޓީން ވަކިވެވަޑައިގެންނެވީ ސަބަބަކީ އެއީއެވެ.

އިލްހާމް ވިދާޅުވީ މިދިޔަ ދެ އަހަރެއްހާ ދުވަހު ކޮވިޑް-19އާ ގުޅިގެން އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މަޑުޖައްސާލާފައި އޮތް ކަމަށާއި، އެއީ ޕާޓީގެ މެމްބަރުންނަށް ވެސް އަންގާފައި އޮތް ކަމެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތައް ކޮވިޑް-19އާ ގުޅިގެން މަޑުޖައްސާލާފައި އޮތުމަށް ފަހު މި ފަހުން އެ ޕާޓީން ވަނީ ޕާޓީ އަށް މީހުން ގުޅުމުގެ ބޮޑު ހަފްލާއަކާ އެކު ސިޔާސީ ހަރަކާތްތައް އަލުން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top