އިދިކޮޅު ކޯލިޝަން ، ޕީޕީއެމް/ޕީއެންސީން "އިންސާފު ހޯދަން" ނަމުގައި އިއްޔެ މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ގޭގައި ހުންނަވައިގެން ބައިވެރިވެވަޑައިގަންފައެވެ.
އެއްވުން ފަށައިގެން ކާނިވާ ސަރަހައްދުން ފުލުހުން މުޒާހަރާގެ ބައިވެރިން ހުއްޓުވުމުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވި ވަގުތު ރައީސް ޔާމިންގެ ސަޕޯޓަރުންގެ ތެރެއިން 2 މީހަކު ވަނީ ހޭނެތިގެން އަތްދަނޑި މައްޗަށް ލައިގެން ގެންގޮސްފައެވެ.
މިނޫހާއި ވާހަކަ ދައްކަމުން އެއެއްވުމުގައި ބައިވެރިވި މީހަކު ކިޔައިދިން ގޮތުގައި އެއީ އަންހެނަކާއި ފިރިހެނެކެވެ. އަދި މިމީހުން ހެޔަށް ގޮތްވީ ރައީސް ޔާމިން ފެނުމުން އުފަލުން ކަމަށާއި އެއެއްވުމުގައި ބައިވެރިވި މީހުންގެ ލޮލުން ރައީސް ފެނުމުން އުފަލުން ކަރުނަ ހިލިގެން ދިޔަ މަންޒަރު ފެނުންކަމަށް އެމީހާ ކިޔައިދިނެވެ.
ހޭޔަށް ގޮތްވި ދެމީހުންކުރެ މީހަކު ވެއްދީ ޕީޕީއެމްގެ އޮފީސް ތެރެއަށެވެ. އެއްވުން ނިންމާލި ވަގުތު އެސަރަހައްދުގައި އެންބިއުލާންސް ހަރަކާތްތެރިވެފައިވާކަމަށް އެމީހާ ކިޔައިދިނެވެ.
"އަހަރެންނަށްވެސް ރޮވުނު، ރައީސް ޔާމިން ފެނުންމުން ވީ އުފަލެއް ބުނެދޭން ވެސް ނޭންގެ، ބަޔެއް މީހުން ހޭވެސް ނެތޭނެތާ، އަހަރުމެން ހާދަ ލޯބިވާ ލީޑަރެކޭ ރައީސް ޔާމިން އަކީ. ގޭބަނދުކޮށްގެން މިސަރުކާރުން ރައީސް ޔާމިންއަށްދޭ އަދަބު ބަލައެއް ނުގަނެވޭ"
މިމަންޒަރު ފެނުނު މީހަކު ކިޔައިދީފައި ވެއެވެ.
އެމީހާ އިތުރަށް ބުނީ، އިއްޔެގެ އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވުމުން އެދެމީހުންގެ ހާލު ފަހުން ސާފުވާގޮތެއް ނުވި ކަމަށެވެ.
މިވަގުތު ގޭބަންދުގައި ހުންނެވި ރައީސް ޔާމީން އެމަނިކުފާނުގެ ގެކޮޅުގެ ކުޑަދޮރުން ސަޕޯޓަރުންނަށް ފެނިލައްވާ އަތްޕުޅުން އިޝާރާތްކުރައްވާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާފައިވެ އެވެ. އަދި ކުޑަދޮރާދިމާލުން ސަޕޯޓަރުން ދިއްކުރި ގައުމީ ދިދަ އާއި ޕާޓީގެ ދިދަ ހިއްޕަވައިގެން ވެސް ކުޑައިރުކޮޅަކު ހުންނެވި އެވެ.
ހިނގާލުމުގެ ބަނއިވެރިން ގޮވަމުންދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. އަދި މިސަރުކާރަކީ ނާގާބިލް ވައުދު ނުފުއްދާ ސަރަުކާރެއް ކަމަށާއި މިހާރުން މިހާރަށް ރައީސް ސާލިހު އިސްތިއުފާ ދިނުމަށް ގޮވާލާފައިވެ އެވެ.
ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފުކަމެއް ކަމަށެވެ.
"އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނަން."
ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ގެ ޓުވިޓުގައި ވިދާޅުވެފައިވެއެވެ.
ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްކަމަށާއި، ފިޔަވަޅު އަޅާނެކަމަށްް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންރޭ ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ރޭ އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ ސަރުކާރާއި މެދު ހިތްހަމަ ނުޖެހިގެން ދިވެހި ރައްޔިތުން މަގުތަކަށް ނިކުމެ އަޑު އުފުލުމުގެ އަދަބު ރައީސް ޔާމީންއަށް ދީގެން ނުވާނެކަމަށެވެ.







3 ކޮމެންޓް
ވަގުންދެކެ ލޯބިވާ މީހުން އޭނާ ދެކެ ލޯބިވާނެ. ތިމާގެ އަމިއްލަ ނަފްސަށްވެސް މަކަރުހަދާ ބޯކަޅުކޮށްގެން އެހުންނަނީ. މޫނުގެ ހަންގަނޑަކާއި ބޮލަކާއި މެޗެއްނުވޭ. ހީވަނީ ޖާދުގަރެއްހެން. ބައިތުލްމާލު ދިރުވާލައިގެން އެއްޗެއްހިތަށްނާރާ.
ކޮން ކޯޓަކުން ވައްކަން ކުރިކަމަށް ސާބިތުކޮށްދެވުނީ
ވަގުން އެތިބީ ސަރުކާރު މަތިފަޑީގައި އެނގިއްޖޭ
I guess Yaante should have choosen to be a model or a film actor… I never heard anything like this about a Model or a Actor in Maldives.. Guess wrong people are choosing wrong careers! 😅