Close

ތިނަދޫ އިން ރެންޑަމް ސާމްޕަލެއް ފޮޒިޓިވް ވެއްޖެ

ގދ. ތިނަދޫ އިން ނެގި ރެންޑަމް ސާމްޕަލް އެއް ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ.

ތިނަދޫ ހޮސްޕިޓަލްއިން ބުނެފައިވަނީ މި ކޭސް އަކީ "ސަވަޔަލެންސް" ކޭސްއެއް ކަމަށާއި މިފަދަ ކޭސްތަކަށް ޓެސްޓް ހަދާނީ ކޮވިޑްއަށް ޕޮސިޓިވް ކޭސްއަކާ އެއްވެސް ގުޅުމެއް ނެތް އެކި ސަރަހައްދު ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ސާމްޕަލް ނަގައިގެން ކަމަށެވެ.

ގދ އަތޮޅުގެ އެހެން ރަށް ރަށަށް ވުރެ ގިނަ އަދަދަކަށް ތިނަދޫއިން ވަނީ ކޮވިޑް ކޭސްތައް ފެނިފައެވެ. އެގޮތުން މިހާތަނަށް 987 މީހަކު ވަނީ އެރަށުން ކޮވިޑްއަށް ޕޮސިޓިވް ވެފައެވެ. އަދި 14 މީހަކަށް މިވަގުތު ފަރުވާ ދެވެމުން ދާއިރު 3 މީހަކު ވަނީ އެބަލީގައި އެރަށުން ނިޔާވެފައެވެ.

އެގޮތުން ކޮވިޑް ކޭސްއެއް ފެނިގެން ތިނަދޫ މޮނިޓަރިންގްއަށް ލުމަށްފަހު އުވާލާފައިވަނީ މީގެ 2 ހަފްތާ ކުރިންކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް މިއަދު ފެނިފައި މިވާ ކޮވިޑް ކޭސް އާއި އެކު ތިނަދޫ މިވަނީ އަނެއްކާވެސް ކޮވިޑްގެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top