Close

އައްޑޫ އިން އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެކްޓިވް ކޭސްގެ އަދަދު 308 އަށް!

އައްޑޫ ސިޓީން އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެކްޓިވް ކޭސްގެ އަދަދު 308 އަށް އަރައިފި އެވެ.

އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 6 ކޭސްގެ ތެރެއިން 2 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށާއި، އަދި 3 ކޭސް ފޭދޫން ފެނިފައިވާއިރު 1 ކޭސް މަރަދޫފޭދޫން ވެސް ފެނިފައިވާ ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ 4 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ސާމްޕަލެއްގެ އިތުރުން ޓްރެވެލް ސާމްޕަލް އެކެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 124 ކޭސް އުޅޭއިރު، ހިތަދޫގައި 99 ކޭސް، ފޭދޫގައި އެކްޓިވް 31 ކޭސް، މަރަދޫފޭދޫގައި 11 ކޭސް އަދި ހުޅުދޫގައި 10 ކޭސް އަދި މީދޫގައި 33 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 308 އަށް އަރާފައެވެ.

އައްޑޫ ކޮވިޑް ފެސިލިޓީގައި 5 މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ 3 މީހަކު ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top