Close

ރައީސުލްޖުމްހޫރިއްޔާ، ގެމަނަފުށި ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި، ސަރުކާރުން އެރަށުގެ ހެލްތް ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ދޭން ފެށުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް ކަމުގައި ފާހަގަކުރައްވާ، އެގޮތަށް ނިންމަވައި ޚިދުމަތް ފޯރޮކޮށްދެން ފެއްޓުމާ ގުޅިގެން ގެމަނަފުށީ ކައުންސިލްގެ ފަރާތުން ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިވަގުތު ގެމަނަފުށީގައި ކުރިއަށްދާ މަޝްރޫޢު ތަކާއި ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ ތަފްސީލްވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވައިފައެވެ.

މީގެ އިތުރުން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބައެއް ދަތިތައް ފާހަގަ ކުރައްވަމުން ކައުންސިލުން ވިދާޅުވީ ހެލްތު ސެންޓަރަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށާއި އަދި ޖާގައިގެ ދަތިކަންވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކައުންސިލް އިދާރާއަށް ވެސް އެކި ކަހަލަ ގޮތްގޮތުން ދިމާވާ ދަތިތައް ތަފްސީލް ކޮށްދެއްވަމުން ކައުންސިލުންވަނީ އެރަށުގެ ސުކޫލަށް ބޭނުންވާ އެކި އެކި ބަދަލުތަކާއި ގުޅޭގޮތުން ވެސް މަަޝްވަރާ ކުރައްވާފަ އެވެ.

ޒުވާނުންގެ ބައެއް ކަންބޮޑުވުންތައް ފާހަގަ ކުރައްވަމުން ކައުންސިލުން އިތުރަށް ވިދާޅުވީ ޒުވާނުންނަށް ޚާއްސަކޮށް ފުޓުބޯޅަ ދަނޑެއްގެ އިތުރުން ޔޫތް ސެންޓަރ އެއް ޤާއިމު ކުރުމަކީ އެރަށު ޒުވާނުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ރަށުގެ މިސްކިތް މަރާމާތު ކުރަން ޖެހިފައިވާކަން ފާހަގަ ކުރައްވާ ރަށުގެ ބަނދަރުގެ ޖާގަ ބޮޑުކުރުމަށާއި ރަށުން ގިރަމުންދާ ސަރަހައްދު ރައްކާތެރިކޮށްދެއްވުމަށާއި ރަށުގައި ތާރު އެޅުމަށް ސަރުކާރުގެ އެހީއަށް ގެމަނަފުށީ ކައުންސިލުން ވަނީ އެދިފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަަގަ ކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާ ތަކުގެ ހިޔާލު ހޯއްދަވައި އެކަން ކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ފެނުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާއިރު ނަރުދަމާގެ މަސައްކަތްވެސް މިހާރު ގާތްގަނޑަކަށް ނިމފައިވާ ކަމަށެވެ. 

މީގެ އިތުރުން މި ބައްދަލުވުމުގައި ގެމަނަފުށި ކައުންސިލުން ވަނީ ރަށުގެ ކުރިއެރުމަށް ސަރުކާރުން ކުރައްވާ ހުރިހާ މަސައްކަތެއްގައި ކައުންސިލްގެ ފަރާތުން އެންމެ ފުރިހަަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top