ޕީސީއާރު ނުހަދާ ދަތުރު ކުރެވޭ ލިސްޓްގައި ކ. ހުރާ އޮތް ނަމަވެސް އެރަށާއި ޖެހިގެން އޮންނަ ފޯ ސީޒަން ކުޑަ ހުރާ ރިސޯޓުގައި ވަޒީފާ އަދާކުރާ ހުރާ ރައްޔިތުންނަށް އެ އުސޫލުގެ ތެރެއިން ރަށަށް ނުދެވޭ ކަމަށް އެ ރިސޯޓުގައި މަސައްކަތްކުރާ ހުރާގެ ބައެއް ރައްޔިތުން ބުނެފިއެވެ.
ފޯ ސީޒަން ކުޑަ ހުރާ ރިސޯޓަކީ ކ. ހުރާއާއި އިންވެގެން އޮންނަ ރަށެކެވެ. ރިސޯޓުން ހުރާއަށް ދާންވެސް، ހުރާއިން ރިސޯޓަށް ދާންވެސް ހޭދަ ކުރަންޖެހެނީ އެންމެ 2 މިނިޓް އެވެ.
އެޗްޕީއޭއިން ދެމުންދާ ލުއިތަކުގެ ދަށުން އާބާދީގެ ނިސްބަތުން ދެވަނަ ޑޯޒް ވަކި މިންވަރެއް ފުރިހަމަ ކުރުމުން ޕީސީއާރު ޓެސްޓް ނަހަދައި ދަތުރުކުރެވޭ ގޮތަށް ކަނޑައަޅާ ރައްތަކެއް ހުރެއެވެ. ހުރާއަކީ އެ މިންވަރަށް ވެކްސިން ފުރިހަމަކުރުމުން ޕީސީއާރު ނަހަދައި ދަތުރުކުރެވޭ ލިސްޓްގައި ހިމެނޭ ރަށެކެވެ.
ނަމަވެސް ކުޑަ ހުރާގައި މަސައްކަތްކުރާ ހުރާގެ ރައްޔިތުން އަނބިދަރިން ކައިރިއަށް މި ލުއިގެ ތެރޭން ނުދެވޭ ކަމަށް މި ނޫހާ ވާހަކަ ދެއްކި މުވައްޒަފުން ބުންޏެވެ.
"ދެ އަހަރު ވަނީ އަނބިދަރިންނާ ދުރުގައި މިހެން ތިބޭތާ، ގޮނޑު ދޮށަށް ނުކުމެ ގޮވާލީމާ އަޑު އިވޭ ހިސާބު މިތިބީ، އެކަމަކު އަޅުގަނޑުމެންނަށް ޕިސީއާރު ނުހަދާ ރަށަށް ނޭރޭ، މިއީ ވަރަށް ބޮޑު ހިތްދަތިކަމެއް" މުވައްޒަފަކު ބުންޏެވެ.
މި ނޫހާ ވާހަކަ ދެއްކި އެހެން މުވައްޒަފަކު ބުނީ ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އަންނަނީ ރިސޯޓު މުވައްޒަފުންގެ ހައްގުތައް ހޯދައިދޭނެ ކަމުގެ ފޮނި ވައުދުވަމުން ކަމަށާއި، އެކަމަކު ވެރިކަމަށް އާދެވުމާއެކު ރިސޯޓު އޯނަރުންގެ އަތްދަށުވެ ވައުދު ހަނދާން ނައްތާލާކަމަށެވެ. އޭނާ ބުނީ ސަރުކާރުގެ ނިންމުންތަކަށްވުރެ މަތީގައި ރިސޯޓު އޯނަރުން ތިބޭކަމީ ދެރަވަރުކަމެއް ކަމަށެވެ.







2 ކޮމެންޓް
މިތާ އެބަތިބި އެހެން ރަށު މީހުން ވެސް އަނބިދަރިންނާ ދުރުގަ.ހަމަ ޖެހިގެން ތިބެބަލަ. ޜަށައް ދެވޭ ގޮތް ވާނެ. އެހެން ނޫނީ ވަޒީފާ ދޫކޮއް ލާފަ ރަށައް ދާންވީނުން.
ފޯސީޒަން އެކަންޔެއް ނޫން ކޮލަބްމެޑް އަދި ދޮންވެލި ރިޒޯޓް ގެ މުއައްޒަފުން ވެސް އަދި ދަތުރު ކުރާކަށް ނުފަޝާ.