Close

ތިނަދޫގައި އިމިގްރޭޝަންގެ އޮފީހެއް ގާއިމް ކުރަން ނިންމައިފި

މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ ގޮތުން ގދ. ތިނަދޫގައި އިމިގްރޭޝަންގެ އޮފީހެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވެފައިވަނީ މި ނިންމުން ނިންމާފައި މިވަނީ ތިނަދޫ ކައުންސިލާ އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެބޭފުޅުންގެ ފުރިހަމަ ތާއީދާއި އެކުގައި ކަމަށެވެ. އަދި އިމިގްރޭޝަން ޙިދުމަތްތައް ލާމަރުކަޒުކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހައިން އެ ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރެވެމުންދާ ކަމަށާއި މިއަންނަ އަހަރު ތެރޭގައި ތިނަދޫގައި އިމިގްރޭޝަން އޮފީހެއް ގާއިމް ކުރެވޭނެ ކަމަށްވެސް ކޮންޓްރޯލަރ ވިދާލުވި އެވެ.

މީގެއިތުރުން ތިނަދޫގައި ޕާސްޕޯޓުގެ ޙިދުމަތްދޭން ފެށުމަށާއި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސިންގެ މައްސަަތައް ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރާ މަސައްކަތުގައި ތިނަދޫ ކައުންސިލުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ވާހަކަ ދެކެވިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top