އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ކެމްޕޭން ”މަގޭ މަހަލްދީބު“ އިފުތިތާހު ކުރުމަށް ގަލޮޅު ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފައެވެ.
ރާއްޖޭގައި ފަށާ މި މުބާރާތަކީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ.
ކޯ ސްޕޮންސަރަކުން އެސްޓީއޯ ހަވާލުކޮށްފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ދިރާގެވެ. އަދި އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑު ނަގާފައިވާއިރު މެޑިކަލް ޕާޓްނަރަކަށް ނަގާފައިވަނީ އޭޑީކޭ ހޮސްޕިޓަލެވެ.
މީގެ ކުރިން ރާއްޖެއިން ވަނީ ލަންކާއާއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓުކޮށްފަ އެވެ. އެ މުބާރާތް ރާއްޖެއިން ކާމިޔާބު ކޮށްފައިވާ އިރު، ފައިނަލް ކުޅުނީ ލަންކާގައެވެ.






