Close

ސްޓެލްކޯއިން ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފި

ސްޓެލްކޯ އިން އއ. ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފިއެވެ.

ހިމަންދޫގައި މިހާރު ހުރީ 533 ކިލޯވޮޓުގެ އިންޖީނުގެއެކެވެ. އަދި އާ ޖަނަރޭޓަރާއެކު އެރަށަށް 889 ކިލޮވޮޓުގެ ކަރަންޓު ފޯރުކޮށްދެވޭނެއެވެ.

ސްޓެލްކޯއިން ބުނީ، އެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމާ އެކު ހިމަންދޫގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފައިވާ އިރު، އެރަށުގައި އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ މަސައްކަތް ކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށެވެ. އަދި ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތަށް ވެސް އެ އިމާރާތްތަކުގައި ހަރުކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

1 ކޮމެންޓް

  1. ޔާމީންގެގޯޗެއް ތަނެއްގަހުރިނަމަ ސަރުކާރާކޯލިސަންހީވާނީރެވިތެޔޮޖަހާގެން އެހެމކަމެނވެގެންއުޅޭހެން މިހާރުވެސްނުކުރާކަންތައްވެސް މަތިކޮނގެންއުޅޭވައްތަރު

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top