ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓުރިޒަމް މިނިސްޓަރ އަލީ ވަހީދު "އަންހެން ކުދިންތަކެއް ރޭޕްކުރަން އުޅެފާނެ" ކަމަށް ގާބޫލުކުރައްވަން ދަތި ކަމަށް، އެމަނިކުފާނު ރައީސްކަން ކުރައްވާ ޕާޓީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަލީ ވަހީދުގެ މައްޗަށް އެމަނިކިފާނު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވި އޭނާ މަގާމުން ވަކިކޮށްފައިވާއިރު، އެ މައްސަލާގައި ދައުވާ އުފުލާ ޝަރީއަތް ވެސް ދަނީ ކުރިއަށެވެ. އެކަމަކު ޖުމްހޫރީ ޕާޓީން އަދިވެސް އޭނާ މަގާމުން ވަކިކޮށްފައެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެފަދަ ކަމެއް އަލީވަހީދު ކުރައްވަފާނެ ކަމަށް ގަބޫލުކުރައްވަން ދަތި ކަމަށެވެ. އަދި އަލީ ވަހީދު ހުރީ ފްރޭމްކޮށްފައި ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
“ ބައެއް ފަހަރު އެހެން ވެސް ހިތަށް އަރާ. އެހެން ނޫން ނަމަ ކީއްވެހޭ އިހަށް ދުވަހު ސުޕްރީމް ކޯޓުން ޕާސްޕޯޓު މައްސަލާގައި ދައުވާކުރި އިރު، ވަރަށް ޒިންމާދާރުކަން ކުޑަކޮށް ފެނުނީ" ގާސިމް އިބްރާހިމް
ގާސިމް ވިދާޅުވީ އަދި އަލީ ވަހީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އަދި ޝަރީއަތް ނިމޭއިރު ކުށެއް ނެތް ކަމަށް ކަނޑައަޅާނެ ކަމަށް ވެސް ބެލެވޭ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަން ގަބޫލުކުރަން ދަތިވި ނަމަވެސް އެފަދަ ކަމެއް ނުކުރައްވާނޭ ވިދާޅުނުވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގައި އަލީ ވަހީދު ހުންނެވި މަގާމަކުން އޭނަ ވަކިކުރުމަކީ ހަމައެކަނި އެމަނިކުފާނުގެ އަތްމަތީގައި އޮންނަ ބާރެއް ނޫން ކަމަށެވެ. އެކަން ނިންމާނީ ޕާޓީގައި އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.







2 ކޮމެންޓް
ކޮބާ ހީވޭކަމެއްހެން، ރައީސް ސޯލިހު އަލީގެ ދިފާއުގައި 17 ނޮވެންބަރު 2020 ގައި ޓީވީ ޕްރޮގްރާމުގައި ވާހަކަ ދެއްކެވި، ރައީސް ނަޝީދު ވިދާޅުވި ތިމަން ބަޔާންތައް ކިޔައިފީމޭ ހަމަ އަޖައިބު ވެއްޖެއޭ އުފުލި ދައުވާތަކުން. މިއަދު ގާސިމް މިބުނީ ހީވެއޭ ފްރޭމްކުރުމެއްހެން.ދެން އެމް.އެމް.ޕީ.އާރް.ސީގެ ކުރީގެ ދިފާއީވަކީލް ކޮން ދޮގު ދައުވާތަކެއް އަލީގެ މައްޗަށް މިއުފުލަނީ؟ ކާކުގެ އޯޑަރަކަށްތޯ؟
ނޫން ނޫން! ނަމަވެސް ފަހުން ވިދާޅުވީ ދެކޮޅަށްވެސް ކީދާނެއޭ.! ފަހަރުގައި ކޮންމެވެސް ކަމެއް ވެފައި އޮވެދާނެއޭ، އެކަމަކު ރޭޕްކުރަން އުޅެފާނެކަމަށް ގަބޫލްފުޅުނުކުރައްވާނެކަމަށް.