ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ވެލާނާގެ " ތެނެދޫ ވެލާނާގޭ" ގެ ނަމަށް ބަދަލުކުރުމަށް ތިނަދޫ ކައުންސިލުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައަޅައިފި އެވެ.
ތިނަދޫ ކައުންސިލުން މި މައްސަލަ ހުށައަޅާފައި ވަނީ 1962 ވަނަ އަހަރު ތިނަދޫއިން މީހުން ބޭލުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ބަދަލަށް ދިވެހި ދައުލަތުން ތިނަދޫ ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށާއި އަދި އެހެންވެސް ކަންތައްތަކެއްގެ ބަދަލުގައި ކަމަށް އެ ހުށަހެޅުމުގަައި ބުނެފައިވެ އެވެ.
އެގޮތުން ތިނަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 2 ވަނަ ކުއްލި ބައްދަލުވުމުގައި ހުރިހާ ކައުންސިލް މެމްބަރުން މި މައްސަލައަށް އާބަސް ކިޔާފައިވާއިރު، އެބޭފުޅުން ވަނީ މި މައްސަލަ ހުށައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ އިބްރާހިމް ނާސިރު ގެ ވެރިކަމުގައި ތިނަދޫ ރައްޔިތުންނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދައި އިންސާފް ގާއިމް ކުރުން ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ތިނަދޫގެ ރައްޔިތުންގެ ހައްގު ހޯދާދިނުމަށް މި މައްސަލާގައި އިތުރު ކަންތައްތަކެއް ވެސް ވަނީ ހުށައަޅާފައެވެ. އެގޮތުން ތިނަދޫއިން މީހުން ބޭލި މައްސަލަ ތަހުގީގު ކޮށްދިނުމަށާއި، ތިނަދޫ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ ހައްގުތައް ހޯދާ ދިނުމަށާއި ތިނަދޫގައި ކުރެވުނު "ޤަތުލުޢާންމު"ގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިމުން 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ހޯދާދިނުމަށް ވަނީ ހުށައަޅާފައެވެ.
މިމައްސަލާގައި ތިނަދޫއިން ގެއްލިފައިވާ މުއްސަނދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްޤީގެ ޕްލޭންއެއް އެކުލަވާލުމަށްވެސް ވަނީ ހުށައަޅާފައެވެ.







8 ކޮމެންޓް
އިބްރާހިމް ނާސިރުގެ މިހާރު ދިރިތިބި ހުރިހާ ދަރިން ތިނަދޫ ކައުންސިލުން ކަނޑައަޅާ ތަނެއްގައި 4 އަހަރު ދުވަހުގެ މުއްދަތަށް ހައްޔަރުގައި ބޭތިއްބުން ވެސް ހިމަނާލުން ވެސް ރަނގަޅު ކަމަށް ފެނޭ.
އަނެއްކާ އަނެއް ބޯގަޅި ކަންތައް.
”ރައްޔިތުންގެ މަޖިލިސް“ ކިޔަނީ އެކަމަކު ރައްޔިތުންނަށް ލިބޭ ފައިދާއެއް ނެތް. އެހެންވީމަ ކީންކުރަން ނަން ބަދަލުކުރަންވީ؟
މިރަށު ކައުންސިލަރުން ސިކުނޑި ހަމަޖެހޭތޯ ބަލަން ޖެހޭ.
ހަވަރު ތެނަދޫ ވެލާނާ ބިލްޑިންގް
އަމިއްލަ ސަރުކާރެއް އުފެއްދުމައް ބަޢާވަތް ކުރީތީ ލިބުނުގެއްލުންތަކައް ދިވެހިރައްޔިތުންނަށް ބަދަލުދޭން ހަވަރުތިނަދޫ މިހާރުގެ ކައުންސިލައް ކެރޭނެތަ
އަސްލު ތިނަދޫގަ ގިނަވާނީ ބޯހަމަނުޖެހޭ މީހުން..އެހާ ފޮނިވާނެ.ބޮޑާކަން އިންތިހާ.އަތޮޅުގެ އެހެން ރަށަކުން ކިތައްމެ ބޮޑު ރަށްޓެއްސަކު އަޔަސް ފެންނައިރަށް ބުނާނެ ”އަޅާ ކޯހިނދަކު އާއު“ އެހިސާބުން ފިލާނެ.އެކަމަކު އެހެން ރަށްރަށް މިއިން މީހަކު ހިނގައްޖެ ނަމަ އެމީހުން މެހުމާންދާރީ އަދާކުރާނެ.
ތިނަދޫ އިން މީހުން ބާލަންޖެހުނީ މާ ތާހިރު ކަމެއް ކޮށްގެނެއްނޫން. ދިވެހި ގައުމަށް އޭރުތިބި މީހުން ގައްދާރުވީމަ ބާލަން ޖެހުނީ. އަލުން އާބާދު ކުރުވީތީ ޝުކުރުކޮށްބަލަ.