Close

ދެކުނުގެ ރަށަކަށް ނިސްބަތްވާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ

ދެކުނުގެ ރަށަކަށް ނިސްބަތްވާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައި ނުވެއެވެ.

ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ އައްޑު އާއި ފުވައްމުލަކެވެ. މިމައްސަލައަކީ ކުޑަކުއްޖަކަށް އަނިޔާ ލިބިފައިވާ މައްސަލައަކަށް ވާތީ ކުއްޖާ ނިސްބަތްވާ ރަށެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަން ނުވަތަ ނޫންކަމެއް ވެސް ފުލުހުން ވިދާޅުވެފައެއްނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top