Close

ތިނަދޫ އިން ހާލު ދެރަ ބަލި މީހަކު އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު މާލެ ގެނެސްފި

ގދ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔާ ހާލު ދެރަ ބަލި މީހަކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފުން ބުނީ ޑރ އަބްދުއްސަމަދު މެެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލި މީހެއްގެ ހާލު ދެރަވުމާއި ގުޅިގެން އެމްއެންޑީއެފްގެ ސަދާން އޭރިއާގެ އެހީތެރިކަމާއި އެކު ކާޑެއްދޫ އެއާޕޯޓްގެ މަގުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންގޮސްދީފައިވާ ކަމަށެވެ.

އުމުރުން 29 އަހަރުގެ މި ފިރިހެން މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު ހެނދުނު 10:50 ހާއިރުއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top