މާދަމާއިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން ކަމަށް އެކުންފުނިން ހަދާން ކޮށްދީފިއެވެ.
ވެމްކޯއިން މި މަހުގެ ކުރީކޮޅު ބުނެފައިވާގޮތުގައު މާދަމާއިން ފެށިގެން އެ ކުންފުނިން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަންޏެވެ. އަދި އާއްމުންގެ އެދުމުގެ މަތިން ދެން ކުނި ނަގާނީ ގެތަކަށް ގޮސް ވަކި އެޕާޓްމަންޓުތަކުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ބަދަލާއެކު މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ ގެތަކުން މަގުމައްޗަށް ކުނި ނެރުން މަނާ ވާނެއެވެ.
ވެމްކޯއިން މާލެ ސަރަހައްދުން ކުނި ނަގާ ވަގުތުތައް
- މާލެ: ހަވީރު 6:00ން ރޭގަނޑު 11:00އަށް
ވިލިމާލެ: ރޭގަނޑު 8:00 - 11:00 އަށް
- ހުޅުމާލެ: ރޭގަނޑު 8:00 - 11:00 އަށް
ވެމްކޯގެ މާލޭގެ ސައިޓަށް ކުނި އުކާލަން ދޫކޮށްފައިވާ ޑީ ކާޑުގެ ހިދުމަތްވެސް މާދަމާއިން ފެށިގެން މެދުކަނޑާލާނެއެވެ. އެހެންކަމުން ޑީ ކާޑު ގެންގުޅޭ ކަސްޓަމަރުން ދެން ޖެހޭނީ ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީވާށެވެ.
މި ބަދަލާއެކު އެ ކުންފުނިން ކުނި ނަގާނީ ރަޖިސްޓްރީކޮށްފައިވާ ގެތަކުގެ ތެރެއިން ފާއިތުވި ތިން މަސް ދުވަސް ނޫން އެހެން ހުރިހާ މަހެއްގެ ފީ ދައްކާފައިވާ ގެތަކުންނެވެ.






